ލިޔުނީ: ޝަރާ ފާއިޒް/ހިތަދޫ ސްކޫލް:
ހިތަދޫ ސްކޫލްގައި ކޭމްޕް އެކްސްޕްލޯރާ ގެ ނަމުގައި ކޭމްޕެއް ބާއްވައިފި އެވެ. ސްކޫލްގެ ސްޓަރސް، ލިޓްލްމެއިޑްސް، ގާރލް ގައިޑްސް، އެލީޓް ކަބްސް، ކަބްސްކައުޓް ހަރަކާތުގައި ބައިވެރިވާ ދަރިވަރުންނާއިއެކު މިދިޔަ ބުރާސްފަތި ދުވަހު ހަވީރު 4:00 އިން ހުކުރު ދުވަހު ހަވީރު 6:00 އަށް ބޭއްވި މި ކޭމްޕް ގައި ޖުމްލަ 300 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
11 ޕެކް ގެ ގޮތުގައި މި ކޭމްޕް ގައި އެސްކޭޖީ ދަރިވަރުން އިން ފެށިގެން ގްރޭޑް 7 ގެ ދަރިވަރުން ބައިވެރިވެފައި ވާއިރު 3 ޕެކް ކޭމްޕާ ގުޅިފައި ވަނީ ހުކުރު ދުވަހު ހެނދުނު 6:00 ގައެވެ. ކޭމްޕް ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހުކުރު ދުވަހު ހަވީރު 4:45 ގައި ހިތަދޫ ސްކޫލްގައެވެ.
މިފަދަ ކޭމްޕެއް ރާވައި އިންތިޒާމްކޮށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުން ކިބައިގައި ސާފުތާހިރު ކަމަށް ދޭސަމާލުކަން އިތުރުކުރުވުމާއިއެކު ކަންތައްތައް ހަމޖެހިފައިވާ އުސޫލެއްގެ މަތީން ހަރުދަނާ ކަމާއިއެކު ރާވައިގެން އެކަމަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ކުރަން ދަސްކޮށްދިނުން ކަމަށް މިހަރަކާތް ހިންގެވުމާއި ހަވާލުވެ ހުންނެވި ލީޑީން ޓީޗަރ ރިފާއަތު ފަރީދު ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ވަރަށް ތަފާތު ހުނަރުތަކެއް މިކޭމްޕް ގެ ތެރެއިން ފެނިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކޭމްޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ ވިދާޅުވީ ނިމގެން ދިޔަ ކޭމްޕަކީ ވަރަށް ކާމިޔާބު ކޭމްޕެއް ކަމަށެވެ. އަދި ކޭމްޕް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިއުމަށް މިހަރަކާތުގައި އިސްކޮށް މަސައްކަތްކުރެއްވި ލީޑަރުންނާއި ޓީޗަރުންނާއި ބެލެނިވެރީން ކޮށް ދެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮންމެ އަހަރަކު ވެސް ސްކޫލުން ކުރިއަށް ގެންދާ މިކޭމްޕަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިކޮށްގެން ސްކޫލްގައި ބޭއްވުނު މިފަދަ ފުރަތަމަ ކޭމްޕެވެ.