English Edition
Dhivehi Edition

ރޯދަ މަހަށް ހާއްސަކޮށްގެން މޯލްޑިވްސް ގޭސް އިން ވިއްކާ ކައްކާ ގޭސް ފުޅީގެ އަގު ހެޔޮ ކުރަން އެ ކުންފުނިން ނިންމައިފި އެވެ މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން ވިދާޅުވީ،17 މެއި އިން ފެށިގެން ގޭބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސްފުޅީގެ އަގު 175 ރުފިޔާއަށް ހެޔޮކޮށްފައިވާކަމަށެވެ. އެއީ ގޭސްފުޅިއަކުން 25 ރުފިޔާގެ ހެޔޮވުމެކެވެ. އަގުހެޔޮކުރުމުގެ ކުރިން 10 ކިލޯގެ ގޭސްފުޅިއެއް މިހާތަނަށް ވިއްކަމުން އައިސްފައި ވަނީ 200 ރުފިޔާއަށެވެ. މި ޕްރޮމޯޝަން ރޯދަމަހާއި އަދި 6 ދުވަސް ރޯދަ ނިމެންދެން ކުރިއަށް ދާނެ ކަމަށް އެކުންފުނިން ރޭ ކުރި އިއުލާނެއްގައި ވެއެވެ. މޯލްޑިވް ގޭހުގެ އަގު ހެޔޮކުރަން ނިންމީ، ކުރިއަށްއޮތް ރަމަޟާންމަހު އާއްމު ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްޚޫރިއްޔާ އަބުދުﷲ ޔާމީނުގެ އިސްނެންގެވުމުގެ މަތިންކަމަށް މޯލްޑިވްސް ގޭސް އިން ބުނެއެވެ. މިދިޔަ އަހަރު ވެސް އެ ކުންފުނިން ދެ ފަހަރެއްގެ މަތިން ވަނީ ގޭހުގެ އަގު ހެޔޮ ކޮށްފައެވެ.