English Edition
Dhivehi Edition

ދިރާގު ކަސްޓަމަރުންގެ ތެރެއިން ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރ ތަކަށް އިތުރު އެލަވަންސް ދީ އަދި މޮބައިލް ޕޯސްޓްޕެއިޑް އާއި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

ދިރާގުން މިގޮތަށް ނިންމެވީ “ނިއު ނޯމަލް” ނުވަތަ އައު ޢާންމު ޚާލަތުގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު މުޢާމަލާތުކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ގޮތުގައި ޙިއްސާ ކުރުމުގެ ގޮތުން ކަމަށް ދިރާގުން ވިދާޅުވެއެވެ.

 

މިގޮތުން ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑްއަށް ވަނީ 21 ޖޫން އިން ފެށިގެން ޖުލައި 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން 33 އިން ސައްތައިގެ އިތުރު އެލަވަންސް ހަމަޖެހިފައެވެ.

މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޖޫން 16 އިން ފެށިގެން ޖުލައި 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން 30 އިން ސައްތައިގެ އިތުރު އެލަވަންސް ލިބިގެންދާއިރު މަމެން ކަސްޓަމަރުންގެ ތެރެއިން ޖޫން 20 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ޑޭޓާ ބަންޑްލް ތަކަކުން 20 އިން ސައްތައިގެ އެލަވަންސެއް ހަމަޖެހިގެން ދާނެއެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.