Qaanoonu Asaasee islaahukuran mirey Majileehuge jalsaa eh baavvanee - AO News Qaanoonu Asaasee islaahukuran mirey Majileehuge jalsaa eh baavvanee

ކޮވިޑް 19ކަވަރޭޖް

10,919,516CONFIRMED
6,106,402RECOVERED
4,291,726ACTIVE
521,388DEATHS
2,400CONFIRMED
1,969RECOVERED
416ACTIVE
10DEATHS
2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގެ ތެރެއިން - ފޮޓޯ: މަޖިލިސް
ޤާނޫނު އަސާސީ އިސްލާހުކުރަން މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ
1 މަސް ކުރިން

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދަންމަން ޤާނޫނު އަސާސީ އަށް އިންތިޤާލީ މާއްދާއެއް އިތުރުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމާއި ގުޅިގެން، މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

Advt

Advertisement

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަޖިލީހުގެ މި އަހަރުގެ 41 ވަނަ ޖަލްސާ މިރޭ 09:00 ގައި އޮންނާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ނިންމާފައި އޮތީ މިދިޔަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިޚާބު ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފަ އެވެ. އެއަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ނުބޭއްވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.

އެހެންކަމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ޤާނޫނު އަސާސީ އިސްލާހުކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އަދި އެ ބިލު މަޖިލީހަށް ބަލައިގަނެ، ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް މަޖިލީހުން ވަނީ އެދިފައެވެ.

އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު އިޝްތިޝާރީ ލަފާގައި ބުނެފައި ވަނީ ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގައި ބިލުގައި އިސްލާހުކުރަން މިހާރު ހުށަހަޅާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި، އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ޤާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިޤާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

އަދި އެގޮތުން ގެނެވޭ އިސްލާހު، ޤާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީޚުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން، އެ މަޤާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން މެނުވީ، 04 އޭޕްރީލް 2020 ގައި ބޭއްވުމަށް އީސީން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމާއި ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމްވެ، އާ އިންތިޚާބެއް ބޭއްވުމާއި ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށްވެސް އެ ލަފާގައި ބުނެފައި ވެއެވެ.