English Edition
Dhivehi Edition
މާލެ ސިޓީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

އެކަމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ ދިމާވި ޓެކްނިކަލް މާައްސަލައަކާއި ގުޅިގެން މާާލޭގެ ބައެއް ސަރަހައްދުތަކުންވަނީ ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އަދި ވީއެންމެ އަވަހަކަށް އެމައްސަލަ ހައްލުކޮށް ކަަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ކަރަންޓު ކެނޑޭ މައްސަލައަކީ މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އާންމުކޮށް ދިމާވަމުން އަންނަ މައްސަލައެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިއަދު މެންދުރުފަހު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުންވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި އިއްޔެވެސް އައްޑޫގެ އެކި އަވަށްތަކުން ކަރަންޓު ވަނީ ކެނޑިފަ އެވެ.