English Edition
Dhivehi Edition

މަންމައިންގެ ދުވަސް ފާހަގަކުރުމަކީ ގޭގައި ކުދިން ބަލަން އުޅޭ މަންމައިންނަށްވެސް ލިބިގެންވާ ހައްގެއްކަމުގައި މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރްގެ އަނބިމީހާ މީރާ ރަޖްޕުތް ބުނެފިއެވެ. މަންމައިންގެ ދުވަހާއި ގުޅިގެން ބޯމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި މީރާ ވަނީ ގޭގައި ކުދިން ބަލަން އުޅޭ މައިންނަށް ތައުރީފްކޮށްފައެވެ. އަދި އޭނަގެ ދަރިފުޅު 09 މަހުގެ މިޝާ ތަރުބިއްޔަތުކުރަން ބޭނުންވާ ގޮތާ ބެހޭ ގޮތުންވެސް ވަނީ ވާހަކަދައްކާފައެވެ. އެކި މީހުން ދަރިން ތަރުބިއްޔަތުކުރުމުގައި ގެންގުޅޭ އުސޫލްތަކުގެ ސަބަބުން ކުދިންގެ މިޒާޖަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ވާހަކަ ދައްކަމުން މީރާ ވަނީ އޭނަގެ ދެ ދައްތައިން ކުދިން ތަރުބިއްޔަތުކޮށްފައިވާ ގޮތާއި ބެހޭ މައުލޫމާތު މީޑިއާއާއި ހިއްސާކޮށްފައެވެ.” ޅަ އުމުރުގައި މަންމައަކަށްވުމުން ވަރަށް އުފާވޭ. އުމުރުގެ ތަފާތް ހުއްޓަސް މީޝާ ފުރާވަރަށް އެރުމުން ދެ ރައްޓެހިން ގޮތަށް އުޅެން ބޭނުންވަނީ. މި ވަގުތު ބޭނުންވަނީ ދަރިފުޅަށް ހުރިހާ ވަގުތެއް ދޭން. އޭނަ ބޮޑުވުމުން އަހަރެންވެސް ވަޒީފާއަކާއި މެދު ވިސްނާނަން.” މީރާ ބުންޏެވެ. އަންހެނުންގެ ދުވަހު ދިން އިންޓަވިއުގައި ދަރިން ދޫކޮށްލުމަށްފަހު ބޭރުތެރޭގައި މަސައްކަތްކުރާ މަންމައިންނަށް ވަރަށް ބޮޑު ފާޑުކިޔާފައިވާ މިރާ ބުނެފައިވަނީ އެއީ އޭނާގެ ވިސްނުންކަމުގައެވެ. އަދި އޭނާގެ ވާހަކަތަކުގެ ސަބަބުން އެއްވެސް މީހަކު ހިތުގައި ޖެހިފައިވާނަމަ އެކަމަށް މައާފަށް އެދޭ ކަމުގައި މީރާ ބުންޏެވެ. މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރް އާއި ކައިވެނިކުރުމަށްފަހު މުމްބައިއަށް ދިރިއުޅުން ބަދަލުކޮށްފައިވާ މިރާ އަކީ ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަންނާނަކަށް ނުވިނަމަވެސް މީޑިއާތަކުން އަބަދުވެސް ދަނީ މީރާގެ ހަރަކާތްތަކަށް ފާރަލަމުންނެވެ. މިގޮތުން ދަރިފުޅު މިޝާ ލިބުނު ފަހުން ޝާހިދް ކަޕޫރްއަށް ވުރެ ބޮޑަށް އެ ދަމައިންނަށް އާއްމުންގެ ސަމާލުކަންވަނީ ލިބިފައެވެ.