ގދ. ކަނޑުހުޅުދޫގައި މިއަދު ވަޅަކަށް ވެއްޓި 4 އަހަރުގެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު 11:00 ހާއިރު ގދ. ކަޑުހުޅުދޫ އިން 4އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަށް ވެއްޓި މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އަދި ރަށު ހެލްތު ސެންޓަރަށް ކުއްޖާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.