English Edition
Dhivehi Edition

ޕީއެސްއެމް އިން ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ފޯރިގަދަ ޝޯވ ކަމަށްވާ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޓައިޓަލް މުހައްމަދު ތަސްނީމް (ބޮބް) ކާމިޔާބުކޮށްފިއެވެ. މިމުބާރާތުގެ ދެވަނަ އަށް ދިޔައީ ހަމޫދު އަހްމަދު އެވެ. ތިންވަނަ އަށް ދިޔައީ ޝަމްވީލް މުހައްމަދު (ބަރޯ) އެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ތަސްނީމާއި ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޓައިޓަލް ހޯދި ބޮބް އަށް ޕީއެސްއެމްގެ ފަރާތުން ވަނީ އަގުހުރި އިނާމްތަކެއް ހުށައަޅާފައެވެ. މީގެ ތެރޭގައި، ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމާއި، މިއުޒިކް ސްކޮލަޝިޕަކާއި، އޭ.ބީ.ޔޫ މިއުޒިކް ފެސްޓިވަލްގައި ޕާފޯމްކުރުމުގެ ފުރުސަތު ހިމެނެއެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ފަރާތުންވެސް ވަނީ އަގުހުރި އިނާމްތަކެއް އެއްވަނަ ފަރާތަށް ހުށައަޅާފައެވެ.