English Edition
Dhivehi Edition
ދިވެހި ސިފައިން ގައުމީ ޚިދުމަތުގައި

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ ފަސް މީހަކު ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ މިހާތަނަށް ސިފައިންގެ ފަސް މީހަކު ހިމެނޭ ކަމަށާއި، އެމީހުންނާ ގުޅުންހުރި އިތުރު ސިފައިން ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

“މި މަސައްކަތުގެ ފްރަންޓް ލައިނަށް ސިފައިން ނުކުތް އިރުވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ސިފައިން ހިމެނޭނެކަން އެނގޭ. މަސައްކަތަށް ނުކުތީ އެކަން އެނގިތިބެ. އަދި އެކަހެރިކުރާ ސިފައިން ވެސް، ފުރިހަމަކުރަންޖެހޭ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް ހިދުމަތާ ގުޅޭނެ” ކާނަލް ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިފައިން ވެސް ބައްޔަށް ޕޮޒިޓިވް ވުމުން އެ މީހުން ވެސް ދާނީ ހަމަ ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރެއަށް ކަމަށެވެ. އޭގެ މާނައަކީ އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ސިފައިން ވެސް ކަރަންޓީނަށް ދާނެ ކަމެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ސިފައިން ގެ މަރުކަރުޒަތަައް ރައްކާތެރިކުރަން ވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ކޮވިޑް19 އަށް ސިފައިންގެ މީހަކު ޕޮޒިޓިވްވެފައިިވާކަން އެންމެ ފުރަތަމަ ހާމަކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 41 މީހަކު ހޯދާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިއަދުގެ ޕްރެސްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.