English Edition
Dhivehi Edition

އައްޑޫސިޓީ ފެނަކަ ޕަންޕް ސްޓޭޝަންގައި ގަސްތުގައި ބަޔަކު ރޯކޮށްލައިފިއެވެ.

މިއަދު ހަވީރު ހިނގި މިޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ހަވީރު 4.53 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅިގެން ޓުވިޓާ މެދުވެރިކޮށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤު ވިދާޅުވީ ހިތަދޫ ޕަމްޕް ސްޓޭޝަނެއްގައި ބަޔަކު ރޯކޮށްފައިވަނީ ގަސްތުގައި ކަމަށާއި މިއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި މިފަދަ ޚިދުމަތްތަކަށް ހުއްޓުމެއް ގެންނަން ރާވައިގެން ޢަމަލު ހިންގާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް މޭޔަރ ވަނީ ގޮވާލައްވާފައެވެ.

އައްޑޫގައި ރޯކޮށްލުމުގެ މިފަދަ ޙާދިސާއެއް ހިންގާފައިވާއިރު ދާދި ފަހުންވަނީ އދ. މަހިބަދޫ ފަޅުތެރޭގައި ހުރި ލޯންޗްތަކެއްގައިވެސް ބަޔަކު ރޯކޮށްލާފައެވެ.

ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.