English Edition
Dhivehi Edition

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް ފެނުނު ޤައުމަކަށް ތުރުކީވިލާތް ވެއްޖެއެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ އަދި ބަލާއާފާތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކޮވިޑް19 ތުރުކީގެ 82329 މީހަކަށް ވަނީ ޖެހިފައެވެ. މީގެ ކުރިން މެދުއިރުމަތިން އެންމެ ގިނަ އަދަދަަކަށް ކޮވިޑް19 ޖެހިފައިވަނީ އީރާނުންނެވެ. އެގައުމުގައި ކޮވިޑް19 ޖެހިފައިވާ މީހުންގެ އަދަދު ހުރީ 79494 ގައެވެ.

ތުރުކީގެ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތުރުކީން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ވަނީ 3,783 މީހަކަށް ކޮވިޑް ޖެހިފައެވެ.

ތުރުކީން ކޮވިޑް ޖެހިގެން 1890 މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން 121 މީހަކު މަރުވީ ވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ.

މެދުއިރުމަތިން އެންމެ ގިނަ އަދަދަަކަށް ކޮވިޑް19ގެ ކޭސްތައް ފެނުނު ގައުމަކަށް ތުރުކީވިލާތް ވެގެން ދިޔައިރު އެގައުމުން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 10,453 މީހުންނެވެ.