English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް - ފޮޓޯ: ފޯސްކޮއަރ

އައްޑޫ ސިޓީގައި ބިނާކުރާ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ފުރަތަމަ ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ ޢިއުލާން ބާޠިލުކޮށް އަލުން އެމަސައްކަތް އަލުން ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު އެ ޑިޕާޓްމަންޓްގެ ވެބްސައިޓްގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 20 އެޕްރީލް 2020 ވަނަދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރުމަށްވެސް ބުނެފައި ވެއެވެ.

އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އޭޕްރީލް 20 ވަނަ ދުވަހުގެ 11:00 އަށް އެ ޑިޕާޓްމަންޓަށް އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެ އެވެ.

އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތަކީ ދިވެހި ސަރުކާރުން 6،000،000ރ. (ހަ މިލިއަން ދިވެހި ރުފިޔާ)ގެ ބަޖެޓެއް ކަނޑައަޅާފައިވާ މަޝްރޫޢެކެވެ.