English Edition
Dhivehi Edition
ވިލިމާލޭގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ދަ މޯލްޑިވްސް އެކްސްޕާޓް

މާދަމާ ވިލިމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިރޭ ބުނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތެއް ކުރުމަށްޓަކައި ވިލިމާލޭގެ ބައެއް ސަރަހައްދުތަކުން 14 އޭޕްރީލް 2020 ވާ އަންގާރަ ދުވަހުގެ 13:00 އާއި 17:00އާ ދެމެދު ކަރަންޓު ކެނޑޭނެ ކަމަށާއި، އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.

އަދި އެގޮތަށް އެ ގަޑިތައް ބަޔާންކޮށްފައި ވީނަމަވެސް، އެމަސައްކަތް ވީ އެންމެ އަވަހަކަށްކޮށް ނިންމައި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯގެ ނެޓްވޯކް އިތުރަށް ތަރައްޤީކޮށް، އަޕްގްރޭޑް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުވެސް ވިލިމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ވަނީ ކަނޑައިފަ އެވެ. އަދި އެ ދުވަހު މާލޭގެ ސިޓީ ޕާކް ހިމެނޭ ސަރަހައްދުންވެސް ކަރަންޓު ވަނީ ކަނޑައިފަ އެވެ.