English Edition
Dhivehi Edition

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ހަމަޖައްސަވަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ނީޒާ އިމާދުގެ ނަން ނަންގަވައި އެ މަގާމަށް، އަހުމަދު ނަސީރުގެ ނަން ރައީސް މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ނީޒާގެ ނަން އަނބުރާ ގެންދަވައި ނަސީރުގެ ނަން މަޖިލީހަށް ފޮނުވާފައިވާކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ނީޒާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ އެމަގާމުގައި ހުންނެވި ޑރ.އަޒީމާ އަދާމް ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ހަމަ އެ ދުވަހުއެވެ.