English Edition
Dhivehi Edition

އައްޑޫ ސިޓީން ދަނޑުވެރިކަމަށް ބިން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރެވޭނީ އޭޕްރީލް 13ގެ ނިޔަލަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދަނޑުހެއްދުމަށާއި އޮޅުހެއްދުމަށް ބިން ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމަށް އެދި މެއިލް ކުރެއްވުމުގެ އެންމެ ފަހު ތާރީޙަކީ 2020 އެޕްރީލް 13 ވާ ހޯމަ ދުވަސް ކަމަށެވެ.

އެހެންކަމުން ދަނޑުހެއްދުމަށާއި އޮޅުހެއްދުމަށް ބިން ބޭނުންވާ ފަރާތްތަކުން 2020 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެއަވަށެއްގެ އަވަށު އޮފީހަށް މެއިލް ކުރެއްވުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމައްޓަކައި އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި އައްޑޫ ސިޓީ ކައުންސިލުން އިއުލާންކުރީ ނިމިގެންދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު އެވެ.

އެގޮތުން އައްޑޫ ސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމައްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މިހާރުވެސް ދަނޑުވެރިކަމަށާއި އޮޅު ހެއްދުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކުން ގޮވާންކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ބުނީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ ކަމަށާއި އަދި ހަމައެހެންމެ ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދެވޭ އެހީތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައިވެއެވެ. އެގޮތުން ދަނޑުހެއްދުމަށާއި އޮޅުހެއްދުމަށް ބިން ބޭނުންވާ ފަރާތްތަކުން 2020 މާރިޗު 30 ވާ ހޯމަ ދުވަހުން ފެށިގެން އެއަވަށެއްގެ އަވަށު އޮފީހަށް މެއިލް ކުރައްވަމުން ގެންދެވުމަށް ކައުންސިލުން ވަނީ އެދިލައްވަވާފައެވެ.

ހިތަދޫ އަވަށު އޮފީސް: [email protected]

މަރަދޫ އަވަށު އޮފީސް: [email protected]

މަރަދޫ ފޭދޫ އަވަށު އޮފީސް: [email protected]

ފޭދޫ އަވަށު އޮފީސް: [email protected]

ހުޅުދޫ އަވަށު އޮފީސް: [email protected]

މީދޫ އަވަށު އޮފީސް: [email protected]