English Edition
Dhivehi Edition

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓަރ އެއް ދޭން ނިންމައިފިއެވެ. މިއީ ކޮވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވަރކިންގ އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެކެވެ.

 

މި 10ޖީބީގެ ހިލޭ ލިބޭ ބޫސްޓަރ މާރިޗް އަދި އެޕްރިލް މަހުގައި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް (https://portal.dhivehinet.net.mv/home) މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރެވޭ ވަރު ބަލާލުމަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކޮށްލެވޭނެކަމަށް ދިރާގުން މަޢުމޫމާތު ދެއްވައެވެ.

 

ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން އަދި ރިމޯޓް ވޯކިންގއަށް މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން މަސައްކަތްކުރަމުންނެވެ. އެގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ވަނީ ދީފައިއެވެ. އަދި މި އަންނަ އެޕްރިލް މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ. ހަމަމިއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް 50% ޑިސްކައުންޓް ދީފައިވެއެވެ. އަދި، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން %25 ޑިސްކައުންޓް މާރިޗު އަދި އެޕްރީލް މަހު ދޭން ވަނީ ނިންމާފައިއެވެ. މީގެ އިތުރުންވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ދީފައިއެވެ.

 

ދިރާގުގެ އުއްމީދަކީ މި ޚިދުމަތްތަކުގެ ސަބަބުން ކިޔަވާ ކުދިންނާއި، ޓީޗަރުން އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށެވެ. އަދި ދިރާގުން އިލްތިމާސް ކުރަނީ އިންޓަނެޓްގެ ޚިދުމަތް މިދުވަސްރަވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުންކަމަށް ދިރާގުން ވިދާޅުވެއެވެ.

 

 

ކޮވިޑް19 އާ ގުޅިގެން ދިރާގުގެ ޚާއްސަ ޕެކޭޖްތަކުގެ އިތުރު މައުލޫމާތު ތިރީގައިވާ ލިނބްކުން ލިބިވަޑައިގަންނަވާނެއެވެ.

https://www.dhiraagu.com.mv/supporting_our_community.aspx