Male fiyavawi wevves sarahadhdhegai viyafaari gadi badhalukuran naangan- HPA - AO News Male fiyavawi wevves sarahadhdhegai viyafaari gadi badhalukuran naangan- HPA

ކޮވިޑް 19ކަވަރޭޖް

1,431,951CONFIRMED
302,209RECOVERED
1,047,657ACTIVE
82,085DEATHS
19CONFIRMED
13RECOVERED
6ACTIVE
0DEATHS
އައްޑޫސިޓީ ކައުންސިލް
މާލެ ފިޔަވައި އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ގަޑި ބަދަލުކުރަން ނާންގަން- އެޗްޕީއޭ
2 ހަފްތާ ކުރިން

އައްޑޫސިޓީކައުންސިލުން އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ/ ރެސްޓޯރެންޓްތައް ވަކި ގަޑިތަކެއްގައި ހުޅުވުމަށް ހެދި ގަވާއިދާގުޅިގެން އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަށް އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ އިރުޝާދު ދީފައި ނުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Advt

Advertisement

މިކަމާ ގުޅިގެން އެޗްޕީއޭން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަށް އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ އިރުޝާދު ދީފައި ނުވާނެ ކަމަށެވެ. އަދި މާލެ ފިޔަވައި އެއްވެސް ސަރަހައްދެއްގައި މިފަދަ ޚިދުމަތް ދިނުން ހުއްޓާލަން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައި ނުވާނެ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިއްޔެ ހަވީރު 6:00 ގެ ފަހުން އައްޑޫގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކުން ހިދުމަތްތައް ދެވޭނީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ. އަދި ކައުންސިލުން މިފަދައިން ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް (ޑީޖީއޮފް ހެލްތު އާއި އެކު މަޝްވަރާކުރުމަށްފަހު، އައްޑޫ ކޮވިޑް ޓާސްކްފޯސް އިން ވެސް ނިންމައިގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މިއަދު އެޗްޕީއޭން ބުނެފައިވަނީ އެކި ސަރަހައްދުތަކުގައި ގާއިމު ކޮށްފައިވާ ސިއްހަތާ ބެހޭ ޓާސްކު ފޯސްތަކުން އެޗްޕީއޭގެ އެންގުން ތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް މިފުރުސަތުގައި ނަސޭހަތް ތެރިވާ ކަަމަށެވެ.