English Edition
Dhivehi Edition

ސްޕެނިޝް ސުޕަ ކަޕުގެ ދެ ވަނަ ލީގުގައި ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒުގެ ކަކުލަށް ލިބުނު އަނިޔާއިން ސަލާމަތް ވުމަށް އެއްމަސް ދުވަހާއި ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

ސުވަރޭޒްގެ ކަކުލައަށް އަނިޔާވެ އެއްމަސް ދުވަހާއި ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަން އެނގިފައިވަނީ ސްޕެނިޝް ސުޕަ ކަޕްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް އަތުން 2-0 އިން ބާސެލޯނާ ބަލިވި މެޗުގައި ކަކުލަށް ލިބުނު އަނިޔާގެ ޓެސްޓްތަކަށް ފަހުގައެވެ.

މި އަނިޔާގެ ސަބަބުން ސްޕެނިޝް ލީގުގައި ފުރަތަމަ މެޗުގައި ބާސެލޯނާ އާދީއްތަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުގައި ސުއަރޭޒް ނުފެނުމުގެ ފުރުސަތު ވަރަށް ބޮޑެއެވެ. ކަކުލަށް އެރި ތަދާ އެކު ވެސް ސުޕަ ކަޕްގެ ފައިނަލްގެ ދެވަނަ ލީގު ސުއަރޭޒް ފުރިހަމަކުރިއެވެ.

ބާސެލޯނާ ސްޕެނިޝް ލީގުގެ ފުރަތަމަ މެޗައަށް ނިކުންނަ އިރު އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނޭމާ ޕީއެސްޖީ އަށް ބަދަލުވެފައިވާއިރު ބާސެލޯނާގެ ކޯޗު ކަމާއި މިސީޒަނުގައި ހަވާލުވި ވަލްވޭޑާ ވަނީ ސުއަރޭޒާއި ލިއޮނަލް މެސީ އަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފަ އެވެ.

ސުއަރޭޒަށް އަނިޔާވެފައިވާ އިރު އޭނާއަށް ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ މެޗު ނުކުޅެވޭނެއެވެ.