COVID-19: Kanbodu nuve doctorunge irushaadhah amalu kurumah Raees ilthimaas kurahvaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
17 ފެބުރުވަރީ 2020ގައި މާލޭގެ މަގުތައް އަލުން މަރާމާތުކުރަން ފެށުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އެމަނިކުފާނު އިތުރަށް ވިދާޅުވެފައި ވަނީ މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ވަޑައިނުގެން، ޑޮކްޓަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރައްވަމުން ގެންދެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، ޗައިނާގެވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ބަލި ކަމަށްވާ ކޮވިޑް-19 އަށް ރާއްޖެއިންވެސް ދެ މީހަކު ވަނީ އެބައްޔަށް މިހާރު ޕޮޒިޓިވްވެފަ އެވެ.

އެ ދެމީހުންނަކީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުން ކަމަށްވާއިރު، އެ ދެ މީހުންނަކީވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންނާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެމީހުން ތިބީ މިހާރު ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ އެ ބައްޔާއި ކުރިމަތިލުމުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި ދޫކުރުމަށް، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އެކަނިވެސް، މިހާރު ބައިމިލިޔަނެއްހާ މާސްކް ރައްކާކޮށްފައިވާނެ ކަމަށާއި، ބޭހާއި ކާބޯތަކެތި ފަދަ ތަކެތިވެސް ރައްޔިތުންނަށް ދަތިނުވާނެ މިންވަރަށް ސަރުކާރުން ދުރާލާ ހޯއްދަވާފައިވާކަން މިނިސްޓަރ ޢަލީ ވަހީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ބަލިމިހުންނާއި ބައްޔަށް ޝައްކުކުރެވޭ މީހުން ކަރަންޓީނު ކުރުމަށް އިތުރު ފެސިލިޓީތައް ތައްޔާރީ ޙާލަތުގައި ހުރިކަން ފާހަގަކުރައްވައި މިހާރު ވިލިވަރުގައި 30 ކޮޓަރީގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއް ތައްޔާރީކޮށް ނިމިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން، މަސައްކަތް ހުއްޓިފައިހުރި ބައެއް ރިޒޯޓްތަކުގެ ތެރޭންވެސް، މިކަމަށް ބޭނުންކުރެވޭނެ ތަންތަން ބައްލަވަމުން ގެންދަވާކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން އިޓަލީވިލާތުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މެދުކަނޑާލުމުގެ ކުރިން، އެޤައުމުން ރާއްޖެއައިސްފައިވާ ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަން މިނިސްޓަރ ޢަލީ ވަހީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19އަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ހުރި ފަރާތެއްނަމަ، އެ ފަރާތަކުން ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ޙިއްޞާކޮށްދެއްވުމަށާއި ރިޒޯޓްތަކާއި ރަށްރަށުންވެސް މިކަމާބެހޭ މަޢުލޫމާތުތައް ލަސްނުކޮށް ދުވަހުން ދުވަހަށް ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރައްވަމުން ގެންދެވުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.