Dhiraagun Samsung ge emme fahuge phone thah pre-order ah hulhuvaalaifi - AO News
English Edition
Dhivehi Edition

Worldwide

 • 32,101,060confirmed
 • 23,682,042recovered
 • 7,436,998active
 • 982,020deaths

Maldives

 • 9,885confirmed
 • 8,530recovered
 • 1,315active
 • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ސެމްސަންގް ގެލެކްސީގެ ފަހުގެ ފޯނުތައް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިރޭ ދިރާގުގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފޯނުތައް ލޯންޗުކޮށްދެއްވީ މެނޭޖިން ޑައިރެކްޓާރ އޮފް ސެމްސަންގް ސްރީލަންކާ ބްރާންޗް ކެލްވިން ޔޫ، ޗީފް މާކެޓިންގް މަހްމޫދް ގެ އިތުރުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރ ސާއިދު މުހައްމަދު އެވެ.

ދިރާގުން މިރޭ ލޯންޗުކޮށްފައި ވަނީ ސެމްސަންގް ގެލެކްސީ އެސް20، ގެލެކްސީ އެސް20 ޕްލަސް ގެ އިތުރުން ގެލެކްސީ އެސް20 އަލްޓްރާ އެވެ.

މި ތިން ފޯނުތަކުގެ ސައިޒުގެ އިތުރުން ބައެއް ފީޗާސްތައް ވެސް ތަފާތެވެ. އެންމެ ބޮޑު ތަފާތެއް ފާހަގަކުރެވެނީ ތިން ފޯނުގެ ކެމެރާއިންނެވެ.

ގެލެކްސީ އެސް20 އާއި އެސް20 ޕްލަސްގައި 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާއެއް ހުންނައިރު، އެސް20 އަލްޓްރާގެ ވައިޑް އޭންގަލް ކެމެރާގައި 108 މެގަޕިކްސެލް ހުރެ އެވެ. އެސް 20 އާއި އެސް 20 ޕްލަސްގެ ސެލްފީ ކެމެރާގައި 10 މެގަޕިކްސެލް ހުންނައިރު، އެސް20 އަލްޓްރާގެ ސެލްފީ ކެމެރާގައި 40 މެގަޕިކްސެލް ހުރެ އެވެ.

ގެލެކްސީ އެސް20 ސީރީޒްގެ ބައެއް ސިފަތައް

 • 100ގުނައަށް ޒޫމް ކޮށްލެވޭ ޒޫމް ލެންސް (ހަމައެކަނި އެސް20 އަލްޓްރާގައި)
 • 8ކޭ ވީޑިއޯ ރިކޯޑު ކުރުން
 • 45 ވޮޓު ފާސްޓް ޗާޖިން ސަޕޯޓު ކުރޭ
 • ސިންގަލް ޓޭކް މޯޑް (10 ފޮޓޯއާއި ހަތަރު ވީޑިއޯ އެއް ބަޓަނުން އެއްފަހަރާ ނަގާލެވޭ)
 • އެކްސްޕޭންޑަބަލް ސްޓޯރޭޖް: އެއް ޓީބީއާ ހަމައަށް
 • އިން-ސްކްރީން ފިންގަޕްރިންޓް ސްކޭނާ

ދިރާގުން އިންސްޓޯލްމަންޓަށް މި ފޯނުތައް ނަގާ ފަރާތްތަކަށް މަހަކު 5 ޖީބީ ޑާޓާ ލިބޭނެ އެވެ. ކޮންމެ މަހަކު 1009 ރުފިޔާ ދައްކާގޮތަށް ފޯނުތައް ނެގޭއިރު ކޮންމެ ފޯނަކާއި އެކު ސެމްސަންގް ބަޑްއެއް ހިލޭ ލިބޭނެ އެވެ. އެގޮތުން އެސް20 ޕްރީއޯޑާ ކޮށްގެން ގަންނަ ކޮންމެ ކަސްޓަމަރަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް މަހަކު ފަސް ޖީބީ ޑޭޓާ ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސެމްސަންގް ގެލެކްސީ އެސް20 ސީރީޒްގެ ފޯނުތައް ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.