English Edition
Dhivehi Edition

ވެރިރަށް މާލޭގެ މަގުތައް ހަދަން ސަރުކާރުން ބިޔަ މަޝްރޫއެއް ފަށަން ނިންމައިފި އެވެ.

މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އެވެ. ރައީސް ޞާލިޙު ފައްޓަވައިދެއްވި މި މަޝްރޫއުގެ ތެރެއިން މާލޭގެ ހުރިހާ މަގެއް އަލުން ހެދުމަށް 462 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ.

މިއަދު ފެށި މާލެ ސިޓީ ސްޓްރީޓްސްކްރޭޕިންގ ޕްރޮޖްކެޓްގެ މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސް މިއަދު ވަނީ ފެށިއިރު މިކަމަށް އެކަނިވެސް 50 މިލިއަން ރުފިޔާ ހަރަދުވެގެން ދާނޭ ކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

ޒަމާނީ ފެންވަރަށް ހެދިގެންދާ މާލޭގެ މަގުތަކުގެ ފުރަތަމަ ފޭސްގެ މަސައްކަތް ދެ މަސް ދުވަސް ތެރޭގައި ނިންމާލާނެ ކަމަށް މި މަޝްރޫއު އާއި ހަވާލުވި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު މިއަދު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދުވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ސަބަބުން ދިމާވާ ދަތި އުނދަގޫ މައްސަލަތަކުން މިންޖު ވުމަށް ލިބޭ ފުރުސަތަކަށް މިކަން ވެގެން ދާނޭ ކަމަށެވެ.