English Edition
Dhivehi Edition

ޕަވިތްރަ ރިޝްތާއިން ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ސުޝާންތް ސިންގް އާއި އަންކީތާގެ ޒަމާންވީ ލޯބީގެ ގުޅުމަށް ނިމުން އައުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ ހަބަރަކަށެވެ.6 އަހަރު ދުވަސްވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ޑިސެމްބަރު މަހު ކައިވެނިކުރަން ހަމަޖައްސާފައިވަނިކޮށް ދެ ތަރިން ވަކިވުމާއެކު ގިނަ ބަޔަކު ވަނީ އެ ދެތަރިން ވަކިވި ސަބަބު ދެނެގަންނަން ބޭނުންވެފައެވެ. އެހެން ނަމަވެސް އޭރު ދެތަރިންވެސް މީޑިއާއަށް އެކަމާބެހޭ މާ ބޮޑު މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު ސުޝާންތްކުރި ޓުވިޓްތަކާއި ގުޅިގެން ގިނަބަޔަކަށް ގަބޫލުކުރެވިފައިވަނީ އެ ގުޅުން ނިމުމަކަށް އަންނަން ޖެހުނު ސަބަބަކީ ދެތަރިންގެވެސް މައްސަލަތަކެއް ހުރުމުން ކަމުގައެވެ.އެހެން ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް މިހާރު މި ދެތަރިން ވަނީ އެކުގައި ފެންނަން ފަށާފައެވެ. މުމްބާއި މިރާގައި މިކަމާ ގުޅޭ ގޮތުން ބުނެފައިވަނީ އަދި މިތަރިންގެ ގުޅުމާ ބެހޭ ގޮތުން ގޮތެއް ނިންމަން މާ އަވަސްކަމުގައިކަމެވެ. އެހެންނަމަވެސް ކުރިން މިދެ ތަރިން ދިރިއުޅުނު ހިސާބުގައިވާ ކޮފީ ޝޯޕަކުން ދެމީހުން ބައްދަލުކުރަމުންދާކަން ޔަގީންވެފައިވާ ކަމަށާއި މިކަމުން އެގިގެން ދަނީ ކުރިން އެމީހުންގެ މެދުގައިވާ ހިތްހަމަނުޖެހުންތައް މިހާރު ނެތްކަމުގައެވެ. މި ހަބަރާއެކު މި ދެތަރިންނަށް ސަޕޯޓްކުރާ ފަރާތްތަކުން އަނެއްކާވެސް މިދެމީހުންގެ ގުޅުން ރަގަޅުވެ ކުރިން އުޅުނު ގޮތަށް ލޯބިން އުޅޭތަން ދެކެން ބޭނުންވާ ކަމަށްދަނީ ބުނަމުންނެވެ. މި ދެތަރިން އެކުގައި ފެނިގެންދިއުމަކީ ދެމީހުންވެސް މާޒީ ހަދާންނައްތާލާފައިވާ ކަމުގަ ނަޝާނެއްކަމަށް ގަބޫލުކުރެވޭކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ސުޝާންތް އާއި އަންކީތާ އެކުގައި ފެންނަމުން ދިޔަ ނަމަވެސް ބޮލީވުޑްގެ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެމުންދަނީ އަންކިތާ އުޅެނީ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިއަކާއި ކައިވެނިކުރަން ކަމުގައެވެ. އަދި ސުޝާންތް މިހާރު ކުޅެމުންދާ ފިލްމު ރަބްތާގެ ބަތަލާ ކްރިތީ ސަނޯން އާއި ރައްޓެހިވެގެން އުޅޭކަމަށާއި ދެން ދުވަހަކުވެސް އަންކީތާއާއި ސުޝާންތް ލޯބީގެ ގޮތުން ނުގުޅޭނޭކަމުގައެވެ.