Maafushin fenunee black widow kamashaai samaaluvumah angaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

8 މަސް ކުރިން

މާފުށީގެ އެކި ސަރަހައްދުތަކުން މިހާރަކަށް އައިސް އާދަޔާ  ޚިލާފަށް ގިނައިން ފެންނަމުންދާ ވިހިގަދަ ފައިދިގު މަކުނުތަކަށް ސަމާލުވުމަށް އެރަށު ލައުންސިލުން އަންގައިފި އެވެ.

މާފުށީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެރަށުން ފެންނަމުންދަނީ ބްރައުން ވިޑޯ ނަމަކަށްކިޔާ ފައިދިގުމަކުނުތަކެއް ކަމަށް މިނިސްޓްރީ އޮފް ހެލްތްގެ ވެކްޓަރ ކޮންޓްރޯލް ޔުނިޓުން ބުނެފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ ފައިދިގުމަކުނުތަކުން ސަލާމަތްވުމަށް ބޭނުން ކުރެވޭ ކެމިކަލް އަކީ ކޮބައިތޯ ބަލަމުންދާ ކަމަށާއި އޭގެ މަކުނެއް ނުވަތަ ބިހެއް ފެނިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް އަންދާލުން ކަމަށެވެ.

މާފުއްޓަކީ ލޯކަލް ޓުއަރިޒަމް ރާއްޖޭގައި އެންމެ ފުޅާގޮތެއްގައި ކުރަމުން އަންނަ އެއްރަށެވެ. ހަފްތާބަންދާއި ދިމާކޮށް އެރަށަށް ގިނަ ދިވެހީންވެސް ދަތުރުކުރާއިރު ކައުންސިލުން މާފުށި އެއްކޮށް ބަލައި ފާސްކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.

ރާއްޖެއިން މީގެ ކުރިންވެސް މި ބާވަތުގެ ފައިދުގުމަކުނުތަކެއް ވަނީ ފެނިފައިއެވެ. ނަމަވެސް އެ އެއްޗެހި ވަނީ ނައްތާލެވިފައި އެވެ.