English Edition
Dhivehi Edition

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާއިން މުޙައްމަދު ޔަސްރިފް ހޮވިއްޖެއެވެ. މިހާރުވެސް ދެކުނު ދާއިރާގެ ކައުންސިލަރު ކަމުގެ މަގާމު ފުރުއްވަވަމުން ގެންދަވާ ޔަސްރިފް ހޮވިފައިވަނީ 1215 ގެ ވޯޓުންނެވެ. ބޮޑު ތަފާތަކުން ޔަސްރިފް އިންތިޚާބު ކާމިޔާބު ކުރެއްވި އިރު އެދާއިރާއަށް ދެން އެންމެ ގިނަ ވޯޓު ލިބިލެއްވެވީ ޕީޕީއެމްގެ ކެންޑިޑޭޓް ޙަސަން ނައީމަށެވެ. ނައީމަށް ލިބިލެއްވެވީ 286 ވޯޓެވެ. ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލެއްވެވި މުޙައްމަދު އާމިރަށް ލިބިލެއްވެވި ވޯޓުގެ އަދަދަކީ 49 އެވެ. ޙުސައިން މަމްދޫޙް އަށް ލިބިލެއްވެވި ވޯޓުގެ އަދަދަކީ 170 އެވެ. އިންތިޚާބުގެ ކުރިން ޔަސްރިފް ވިދާޅުވެފައިވަނީ މިދާއިރާއަށް ކުރިމަތިލެއްވެވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ކެންޑިޑޭޓަކީ ޔަސްރިފް ކަމަށެވެ. ސަބަބަކީ ދާއިރާގެ ތަޖުރިބާ ލިބިލައްވަވާފައި ހުންނެވުމުގެ އިތުރުން ތައުލީމީގޮތުން ވެސް އެންމެ ގާބިލް ފަރާތަކީ ޔަސްރިފް ކަމަށްވާތީއެވެ. ފުރަތަމަ ދައުރުގައިވެސް ކައުންސިލަރެއްގެ ހައިސިއްޔަތުން ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދެވުމަށް މަސައްކުރެއްވެވި ޔަސްރިފަކީ ވަރަށް އިޖުތިމާއީ ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.