އުރީދޫ ޕްރުމައަ ލީގު 2017ގައި މިއަދު ހަވީރު ކުލަބް ގުރީން ސްޓްރީޓް އާއި މިލަންދޫ ބައްދަލު ކުރި މެޗު 2-1 ލަނޑުން ގްރީން ސްޓްރީޓް މެޗު ކާމިޔާބުކޮށްފިއެވެ.
މާލޭ ލީގުގެ ދެވަނަ މަގާމު ހޯދައި ވަރުގަދަ ސްކޮޑަކާއި އެކު ޕްރިމިއަ ލީގައަށް ކުރިމަތިލި ގްރީން ސްޓްރީޓް އާއި ވާދަ ކޮށް މިނިވަން ޗެމްޕިއަން ޝިޕްގެ ގަދަ ހަތަރު ޓީމް ތެރޭގައި ހިމެނިގެން މި މުބާރާތުގައި ކުޅުނު މިލަންދޫ ސްޕޯޓްސް އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
ތަޖުރިބާކާރު ގިނަ މޮޅެތި ކުޅުންތެރިންނާއި އެކު މުބާރާތުގެ ފުރަތަމަ މެޗާއި ކުރިމަތިލި ގްރީން ސްޓްރީޓްގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އަޙްމަދު ރަޝީދު(އައްމަޑޭ)އެވެ. ގްރީނުން ލީޑު ހޯދުމާއެކު މިލަންދޫން ވެސް ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގައި މޮޅައަށް ކުޅެމުންދިޔަ ގްރީން ސްޓްރީޓްގެ ގޯލައަށް ފުރަތަމަ ހާފުގައި ލަނޑެއް ވައްދާލެވިފައި ނުވެއެވެ. ފުރަތަމަ ހާފް ގްރީން ސްޓްރީޓް ކުރީގައި އޮވެ ނިމުނު ކަމުގައި ވިޔަސް މެޗުގެ 63 ވަނަ މިނެޓުގައި މިލަންދޫން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ ގްރީންގެ ކީޕަރު ޔުން ކޮޗީއަށް ހެދުނު ގޯހަކުން މިލަންދޫގެ ކެޕްޓަން އިސްމާއިލް ފަތުހީ ކާމިޔާބުކޮށްދިން ލަނޑެކެއެވެ.
މިމެޗުގައި ގްރިން ސްޓްރީޓް މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދީ ފައިވަނީ މުޅިމެޗުގައި ގައިވެސް މޮޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިޔާ ސޮބޮލް އިލިއާއެވެ.
މިރޭ ވެސް އުރީދޫ ޕްރިމިއަ ލީގުގައި ވަރުގަދަ މެޗެއް ކުޅުމައަށް ހަމަޖެހި ފައިވެއެވެ.މިރޭ 9:00 ޖަހާއިރު ކުޅޭ މިމެޗުގައި ބައްދަލުކުރާނީ ގދ. ތިނަދުއާއި އއ. މާޅޮހެވެ.