English Edition
Dhivehi Edition

“އެފްއޭއެމް މައިލޯ އިންޓަރ ސްކޫލް” ފުޓްބޯޅަ މުބާރާތުގެ ތޭރަ އަހަރުން ދަށުގެ އުމުރުފުރާއިގެ އިއްޔެގެ މެޗުތައް ފޭދޫ ސްކޫލް އާއި ޝައްމުސުއްދީން ސްކޫލް ކާމިޔާބުކޮށްފިއެވެ.

13 އަހަރުން ދަށުގެ އުމުރުފުރާގެ އުމުރުފުރާގެ އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މަރަދޫ ސްކޫލް އާއި ޝައްމުސިއްދީން ސްކޫލް ވާދަ ކުރި މެޗު 7-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ޝައްމުސިއްދީން މޮޅުވެފައިވާއިރު ދެވަނަ މެޗު ފޭދޫ ސްކޫލުން ވަނީ މަރަދޫ ފޭދޫ ސްކޫލްގެ މައްޗަށް 4-0 ލަނޑުން މެޗު ކާމިޔާބުކޮށް ކުރި ހޯދާފައެވެ.

އެފްއޭއެމް މައިލޯ އިންޓަސްކޫލްގެ ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ޝައްމުސިއްދީން ސްކޫލާއި މަރަދޫ ސްކޫލް ބައްދަލު ކުރިމެޗުގައި ޝައްމްސުއްދީންގެ ޖާޒީ ނަންބަރު 7 މުހައްމަދު ސައްޔަދު ހަސަން 3 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު ޖާޒީ ނަންބަރު 4 އަހްމަދު މާއިޝް އަޝްރަފް ވަނީ މިމެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ޝައްމްސުދީން ސްކޫލްގެ އަނެއް 2 ލަނޑު ކާމިޔާބުކޮށް ދީފައިވަނީ ހާމް ހަސީބް އާއި ނިޝާރު ނަސީރުއެވެ.

އިއްޔެ ކުޅުނު ދެވެނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ފޭދޫ ސްކޫލް އަދި މަރަދޫ ފޭދޫ ސްކޫލްއެވެ. މިމެޗު 4-0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ފޭދޫ ސްކޫލްއެވެ.މި މެޗުގެ ލަނޑުތަށް ފޭދޫ ސްކޫލައަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އަލްދީން އާއި މުހައްމަދު އާއިޝް ޝަރީފްއެވެ.

ލީގު އުސޫލްން ކުޅޭ މިއަހަރުގެ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން 7 ޓީމް ބައިވެރިވެފައިވެއެވެ.

މިއަދު ވެސް މިމުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާއިގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.މިއަދު ހަވީރު 16:00ގައި ކުޅޭ މިމެޗުގައި ބައްދަލުކުރާނީ ހިތަދޫ ސްކޫލް އަދި އިރުޝާދިއްޔާ ސްކޫލެވެ.