English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް ހާމިދު

ޝަމްސުއްދީން ސްކޫލުގެ ދަރިވަރުންނަށް ދަރަޖަ ދިނުމާއި އެ ސްކޫލްގެ ޕީޓީއޭ އިފްތިތާޙް ކުރުމުގެ ހަފްލާ މިރޭ ބާއްވަން ނިންމައިފިއެވެ.

ކޮންމެ އަހަރެކޭ ވެސް އެއްފަދައިން ޝަމްސުއްދީން ސްކޫލުގައި މި ހަފްލާ ބާއްވަނީ ވަރަށް ކުލަގަދަކޮށެވެ. މި ހަފްލާ ޝަރަފުވެރި ކޮށް ދެއްވަވާނީ އައްޑޫ ސިޓީގެ ޕޮލިސް ކޮމާންޑަރ ސަބް އިންސްޕެކްޓަރ ޖަމްޝީދު އަލީ އެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މި ހަފްލާގައި ސްކޫލުގެ ޕްރިފެކްޓު ބޯޑު އިއުލާން ކުރުމާއި، ދަރިވަރުންގެ ޖަމިއްޔާ ޖަމާޢައްތަކުގެ އިސް މަގާމުތަކަށް ކުދިން އައްޔަން ކުރުމާއިއެކު ސްކޫލުގެ އެންމެ މަތީ މަގާމުތައް ކަމަށްވާ ސްކޫލުގެ ކެޕްޓަން އާއި ޑެޕިއުޓީކެޕްޓަނުން އިއުލާން ކުރެވިގެން ދާނެއެވެ. ހަމަ އެއާއެކު ސްކޫލުގެ މިއަހަރަށް ކަނޑައަޅާފައިވާ ޕީ.ޓީ.އޭ އިފްތިތާހު ކުރުންވެސް މި އިހްތިފާލުގައި އޮންނާނެއެވެ.

ސްކޫލުތަކުގައި މިފަދަ އިހުތިފާލުތައް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ދިވެހި މުޖުތަމަޢު ގަބޫލުކުރާ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޒުވާނުންނުން ދިވެހި މުޖުތަމައު އަށް ނެރެލުމާއި އެކު ސްކޫލު ދަރިވަރުންގެ ލީޑަރޝިޕް ވަރުގަދަކުރުމެވެ. ޝަމްސުއްދީން ސްކޫލަކީ އަބަދުވެސް ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ސްކޫލެއްކަން ފާހަގަ ކުރެވެއެވެ.