English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް ހާމިދު

މީދޫ ޝަމްސުއްދީން ސްކޫލުގެ މިއަހަރުގެ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް އާމިނަތު މިސްކާ ވަސީމް ހޮވައިފިއެވެ.

ޝަމްސުއްދީން ސްކޫލުގައި ރޭ ބޭއްވި ދަރަޖަ ދިނުމުގެ ހަފްލާގައި މިސްކާއާއި ސޭޝް އާއީ ޓެގު ހަވާލަކޮށްދެއްވެވީ ޖަލްސާގެ ޝަރަފްވެރި މެޙްމާނު އައްޑޫސިޓީގެ ކޮމާންޑަރ ސަބް އިންސްޕެކްޓަރ ޖަމްޝީދު އަލީއެވެ.

ޝަމްސުއްދީން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވާފައިވަނީ މުހައްމަދު ހިޒްޔަމް ހާމިދު އާއި އީނާ ޙުސެއިން މުޙައްމަދެވެ. ކެޕްޓަން އަދި ޑެޕިއުޓީ ކެޕްޓަނުންނަށް ސޭޝް ހަވާލުކޮށްދެއްވެވީ ޝަރަފްވެރިމެޙްމާނެވެ.

ރޭ އެސްކޫލްގައި ބޭއްވި ދަރަޖަ ދިނުމުގެ ހަފްލާގައި މިއަހަރު އެސްކޫލުގެ އެކި މަގާމުތަކާއި ކުލަބު ޖަމިއްޔާއަށް ހޮވުނު ދަރިވަރުންނަށްވެސް ވަނީ މަގާމު ހަވާލުކޮށްފައެވެ.

މިއަދު އޭއޯ އަށް ދެއްވި ބަސްދީގަތުމެއްގައި މިސްކާ ބުނީ މި މަގާމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި މި މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނޭ ކަމަށެވެ. މީގެ އިތުރުން މިސްކާ ބުނީ ސްކޫލުއާއި ގުޅިގެން ސްކޫލު ކުރިއެެރުވުމަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނޭކަމަށާއީ ސްކޫލުގެ ނަން މުޅި ރާއްޖޭގައި ވިދުވަން ސްކޫލުގެ ހުރިހާ ދަރިވަރުން ގުޅިގެން މަސައްކަތް ކުރާނޭކަމަށެވެ. މީގެ ކުރީ އަހަރުތަކުގައިވެސް ޝަމްސުއްދީން ސްކޫލުގައި ހީވާގި މުރާލި ކައްޕިތާނުން ވަނީ ކައްޕިތާނުކަން ކޮށްފައެވެ.