English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް

މީދޫ މޫސާގެ ފަންނު ސާފު ކުރުމުގައި ނަލަފެހި މީދޫ އާއި އެކު ޝަމްސުއްދީން ބައިވެރިވެއްޖެއެވެ.

މިއަދު ހެނދުނު ފެށި މި ސާފުކުރުމުގެ ޕްރޮގްރާމްގައި ވަރަށް ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއި އާންމުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ މިއަދުގެ ބައި ނިމިގެން ވާހަކަފުޅު ދައްކަވަމުން ސ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޒީނިއާ ވިދާޅުވީ ކުދިންގެ ކިބައިގައި ތަންތަނައް ކުނި ނޭޅުމުގެ އާދަ ހަރުލައްވަން ޖެހޭ ކަމަށެވެ.

އިތުރައް ވާހަކަފުޅު ދައްކަވަމުން ޒީނިއާ ވަނީ ސްކޫލު ކުދިންގެ ފަރާތުން މިފަދަކަންކަމަށް ލިބޭ އެއްބާރުލުން ފާހަގަ ކޮށްފައެވެ.

އޭއޯ މީގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ނަލަފެހި ޖަމިއްޔާގެ ފައުންޑާރ އަލީ ވާފިރު ވަނީ ސްކޫލު ކުދިންނާއި ސްކޫލު ވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ރަނގަޅު ކަމަށް ފާހަގަ ކޮށްފައެވެ. އިތުރަށް ވާހަކަ ދައްކަވަމުން ވާފިރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް ސްކޫލު ކުދިންގެ ތަރުހީބު މިކަމަށް ބޭނުންވާ ކަމަށާއި އެ ކުދިންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ނަލަފެހި މީދޫގެ ފަރާތުން ލިބޭނޭކަމަށެވެ.

މިއަދުގެ ޕްރޮގްރާމްގައި ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ޝަރުފިއްޔާ އަހްމަދު ދީދީ ވެސް ވަނީ ބައިވެރިވެފައެވެ. ނަލަފެހި މީދޫގެ ފަރާތުން މީދޫގައި ކޮރަލް ޕްލާންޓިންގ ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ސްކޫލްގެ ސައިން ކްލަބާ ގުޅިގެން ކަމަށް މުހައްމަދު ކާމިލު (ގާރީ) މީގެ ކުރިން މައުލޫމާތު ދެއްވިއެވެ. ރަށު ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިގެން ނަލަފެހި މީދޫ އިން ވަނީ މިދިޔަ ހުކުރު ދުވަހުވެސް މިފަދަ ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގާފައެވެ.

100 ރުފިޔާގެ ޗަންދާއެއް ނަގައިގެން ހިންގާ މި ޕްރޮގްރާމަށް ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބެއެވެ.

 

ލިޔުނު މީހާ:މުހައްމަދު ހިޒްޔަމް