PG ge maqaamah Shameem ayyan kuran committee in thaaeedhu kohfi - AO News
English Edition
Dhivehi Edition

Worldwide

  • 11,087,439confirmed
  • 6,212,404recovered
  • 4,348,619active
  • 526,416deaths

Maldives

  • 2,410confirmed
  • 1,976recovered
  • 419active
  • 10deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް، ޙުސެއިން ޝަމީމް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން ފާސްކޮށްފި އެވެ.

Advt

Advertisement

ޖުޑީޝަރީ ކޮމިޓީ އިން ރޭ ބޭއްވި ބައްދަލުވުމުގައި ޝަމީމް ޕީޖީ ކަމަށް އައްޔަންކުރަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ޖުޑީޝަރީ ކޮމިޓީ އިން ވަނީ ރޭ ޝަމީމްއާ ކުރިއިންޓަވިއުގެ ތެރެއިން ގިނަ ސުވާލުތަކެއް ކޮށްފައެވެ.

އެގޮތުން ޝަރުޢީ ދާއިރާއާއި، ޖިނާޢީ ޢަދުލުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން ކުރެއްވި ގިނަ ސުވާލުތަކަކަށް ޝަމީމް ވަނީ ޖަވާބުދެއްވައިފަ އެވެ.

ޝަމީމް ވިދާޅުވީ ޕީޖީގެ މަޤާމަށް ކުރިމަތިލެއްވީ މިނިވަންކަމާ އިންސާފްވެރި ރަނގަޅު ޝަރުއީ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންފުޅުވާތީ ކަމަށާއި، ޕީޖީގެ މަޤާމަށް ޢައްޔަންވެއްޖެނަމަ ތަސައްވުރަކީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓާންޖެހިއްޖެނަމަ ވީހާވެސް ކުރުމުއްދަތެއްގައި އޭނާ ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދިއުން ކަމަށެވެ.

ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް ޢިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ. ހިޔާކަން އޒ. ޙުސެއިން ޝަމީމު އެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވީ އިއްޔެ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އައިޝަތު ބިޝާމް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަޤާމު ވަނީ ހުސްވެފައެވެ. އަދި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އޮތީ އާދީއްތަ ދުވަހުގެ މެންދުރާއި ހަމައަށް ހުޅުވާލާފައެވެ. ވަގުތު ހަމަވިއިރު އެމަޤާމަށް އެދިފައިވަނީ 3 ފަރާތަކުންނެވެ. އެގޮތުން ޝަމީމްގެ އިތުރުން ޕީޖީ ކަމަށް ދެން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕީޖީންގެ ގޮތުގައި މަސައްކަތް ކުރެއްވި މަރިޔަމް ނިހާޔަތު އާއި ޤާނޫނީ ވަކީލު އަޙްމަދު ޒަނީނެވެ.

ޕީޖީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ބިޝާމް އިސްތިއުފާދެއްވާފައި ވަނީ އެކަމަނާ މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައި ވަނިކޮށެވެ.

ޕީޖީގެ މަޤާމުން ބިޝާމް ވަކިކުރުމަށް އޮކްޓޯބަރ 16 ވަނަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރި ނަމަވެސް އޭރު އެ ނިންމުން ވަނީ ކާމިޔާބު ވާގޮތެއް ނުވެފައެވެ. ބިޝާމް ވަކިކުރުމަށް ސަރުކާރުގެ ގިނަ ފަރާތްތަކުން ގޮވާލާފައި ވަނީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި އެކަމަނާ އޭރުގެ އިދިކޮޅު ބައެއް ފަރާތްތަކަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމުގައި ތުހުމަތުކޮށެވެ.