English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދު/

މިނިވަން ޗެމްޕިއަންޝިޕާއި ގުޅިގެން ޝަމްސުއްދީން ސްކޫލް ޕީ.ޓީ.އޭ އިން މީދޫ ސްޓޭޑިއަމްގައި ކެންޓީނެއް ހުޅުވައިފިއެވެ. ޕީ.ޓީ.އޭ އަށް ފަންޑް ހޯދުމުގެ ގޮތުންނާއި ރަށުގައި ބާއްވާ މިފަދަ ކަންކަމާއި މުބާރާތްތަކަށް އެއްބާރުލުން ދީ އެހީތެެރި ވުމުގެ ގޮތުން ހުޅުވި މި ކެންޓީނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އޭއޯ އަަށް މައުލޫމަތު ދެއްވަމުން ޝަމްސުއްދީން ސްކޫލް ޕީ.ޓީ.އޭ ގެ ނާއިބު ރައިސާ ނައުމާ އަބްދު ﷲ ވިދާޅުވީ މި ކެންޓީނުން ޕޮޕްކޯން، ޗިޕްސް، ހެދިކާގެ ބާވަތްތައް، ލުއި ކާނާތައް، ކޮފީ، ސައި އަދި މިނޫންވެސް ވަރަށް ގިނަ ބާވަތްތައް ލިބެން ހުންނާނެކަމަށެވެ.

11 ދުވަހަށް ދެމިގެންދާނެ ޝަމްސުއްދީން ކެންޓީން އިން ރަނގަޅު ފާއިދާ އެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނާއިބު ރައިސާ ނައުމާ ވަނީ ވިދާޅުވެފައެވެ. ކެންޓީން އަށް ލިބޭ ފާއިސާ އިން މި އަހަރަށް ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގެ ކަންތައްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ޝަމްސުއްދީން ސްކޫލް ޕީ.ޓީ.އޭ އިން ވަނީ މިއަހަރު މިހައިތަނަށް ވަރަށް ގިނަ ކަންތައްތައް ކޮށްފައެވެ.