English Edition
Dhivehi Edition

މޫސުމާއި ބެހޭ އިދާރާއިންވަނީ މިވަގުތު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އޭގައިވާގޮތުން ތ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެއެވެ.

ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައިވާތީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ނުކުމެ ފަށާފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ކުރަމުން ގެންދާ ކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އިއްޔެ ހުއްޓާނުލާ ވެހެމުންދިޔަ ވާރެއިން މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެ ހިނގާބިގާވެ އުޅުމަށާއި ޢާއްމު ޙާލަތަށް ބުރޫއަރާފައިވެއެވެ. މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން ފަށާފައިވާއިރު ފެން ހިންދަމުން ދަނީ އަބަދުވެސް އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނު ވެސްޓްޕާކް ހިމެނޭ ސަރަހައްދާއި އައިޖީއެމްއެޗް ކައިރިއާއި އަދި މީގެ އިތުރުން މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައެވެ.

 

މާލެއެކޭ އެއްގޮތަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފައިވެއެވެ.
އެ އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ.

އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މޫސުން ގޯސް ވުމުގެ ސަބަބުން ނާއި ދިމާވި ޓެކްނިކަލް މައްސަލަތަކަކާއި ހެދި ރާއްޖޭގެ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓްތައް ލަސްވެ ގިނަ ފްލައިޓްތަކެއް ރެއިން ފެށިގެން ކެންސަލްވެފައިވާކަން މޯލްޑިވިއަންގެ ކަސްޓަމަރުންގެ ސަމާލުކަމަށްވެސް ގެނެވިފައި ވެއެވެ.

ވިއްސާރާގައި ސަމާލުވާންޖެހޭ ކަންތައްތަކުގެ ތެރޭގައި :

ވާރޭ ވެހި ފެން ބޮޑު ވެދާނެ ކަމަށް ކުރިޔާލާ ތައްޔާރުން ވެގެން ތިބުން.

ދިރިއުޅޭ ގެއަށް ފެން ނުވަންނާނެ ފަދަ ފިޔަވަޅުތައް އަޅައި ވެލިބަސްތާ ޖެހުން.

ފެން ބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ މުދާ އުސްތަންތަނަށް ބަދަލު ކުރުން.

މީގެ އިތުރުން ކޮޅިގަނޑުގައި ވައި ގަދަވެ ގޭގެ ފުރާޅު އެއްލާލާނެ ކަމަށް ލަފާކުރެވޭނަމަ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.

ކަރަންޓު ސާމާނު ބޭނުން ނުކުރާނަމަ އެފަދަ އާލާތައް ނިއްވާލާފައި ކަރަންޓު ކަނޑާލާފައި ބެހެއްޓުން. މޫސުމަށް ބަލައިގެން ކަނޑު ދަތުރުތަކަށް އެރުން ހިމެނެއެވެ.