English Edition
Dhivehi Edition
ޑރ. އަފްރާޝީމް އަލީ - ފޮޓޯ: ވީނިއުސް

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ދެ ބޭފުޅުން އަޑީގައި ތިބެގެން ކަމަށް އަފްރާޝީމް ގެ އާއިލާއިން ބުނެފި އެވެ.

އަފްރާޝީމް ގެ އާއިލާއިން މިގޮތަށް ބުނެފައި މިވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތުގެ ރިޕޯޓު އެކުލަވާލައި ކަމާބެހޭ އިދާރާތަކަށް ފޮނުވާފައި ވަނިކޮށެވެ.
ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓު ކަމާގުޅޭ އިދާރާތަކާއި ހިއްސާ ކޮށްފި
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އަފްރާޝީމް ގެ ބޭބެ އަބްދުއްނާސިރު އަލީ ބުނީ މަރު ކޮމިޝަންގެ ރިޕޯޓަކީ އާއިލާއިން ބަލައިގަންނަ ރިޕޯޓެއް ނޫން ކަމަށެވެ.

އެގޮތުން އަބްދުއްނާސިރު އަލީ(އަފްރާޝީމް ގެ ބޭބެ) ބުނީ މަރުކޮމިޝަނަކީ ޤާނޫނީ ގޮތުން މިނިވަން ކޮމިޝަނަކަށް ވިޔަސް، މަސައްކަތް ކުރުމުގައި އެ ކޮމިޝަނަކީ ސިޔާސީ ކޮމިޝަނެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.