English Edition
Dhivehi Edition
ޑރ. އަފްރާޝީމް އަލީ - ފޮޓޯ: ވީނިއުސް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި، ކުރީގެ މަޖިލިސް މެމްބަރު ޑރ.އަފްރާޝިމް އަލީގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އެ ރިޕޯޓު ހިއްސާ ކޮށްފައި ވަނީ ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ރައްޔިތުންގެ މަޖިލީހާއީ، އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްއާ ރިޕޯޓު ވަނީ ހިއްސާކޮށްފައެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 1 އޮކްޓޯބަރ 2012 ވީ ދުވަހު ގެ ރޭ ޓީވީއެމްއިން ދެއްކި ދީނީ ޕްރޮގްރާމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށްފަހު، ގެއަށް ވަޑައިގެންނެވި ތަނުންނެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ޑރ. އަފްރާޝީމްގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު، އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ އަވަހާރަވެފައެވެ.

ރިޔާސީ ކޮމިޝަން އިން އެކުލަވާލި ރިޕޯޓުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާއި އެކަމާއި ގުޅޭ ހުރިހާ ތަފްސީލެއް ވާނެ އެވެ.