English Edition
Dhivehi Edition
މާލޭގައި ހަދަމުން އަންނަ އިމާރާތެއް

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ ބަގްދަލޭޝްއަށް ނިސްބަތްވާ މީހަކަށެވެ.

ވެންޒާ ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑުން ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓުނު މި މީހާގެ ކަނާތް ފަރާތުގެ ކޮނޑުމަތީގެ ކަށިތަކާއި މޭ މަތީގެ ގިނަ ކަށިތަކެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ ބިދޭސީއަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:35 އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެމީހާ ވެއްޓުނީ އިމާރާތުގެ ސޭފްޓީ ނެޓު އުސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި އަދި އެމީހާ ހުރީ ސޭފްޓީ ބެލްޓުވެސް ނާޅާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި މިދިޔަ ސެޕްޓެންބަރު މަހު ބިދޭސީއަކު ވަނީ މަރުވެފައެވެ.