English Edition
Dhivehi Edition
މާލެ ސިޓީގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ލޯންލީ ޕްލެނެޓް

މާލޭ ސިޓީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

އެކަމާއި ގުޅިގެން ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި، ވީހާވެސް އަވަހަކަށް ކަރަންޓު އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ކުރި އެހެން ޓްވީޓެއްގައި ބުނެފައި ވަނީ ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް ކަރަންޓު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯއިން ހާމަކޮށްފައި ނުވާއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ބޮޑު ބަޔަކުންވެސް ވަނީ ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑިފަ އެވެ.

ކަރަންޓު ކެނޑޭ މައްސަލައަކީ މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އާންމުކޮށް ދިމާވަމުން އަންނަ މައްސަލައެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އިއްޔެ ވަނީ އައްޑޫ ސިޓީގެ ހިތަދޫގެ ބޮޑު ސަރަޙައްދަކުންވެސް ކަރަންޓު ކެނޑިފަ އެވެ. ނަމަވެސް އަދި މިހާތަނަށްވެސް ކަރަންޓު މައްސަލައަށް ރަނގަޅު އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.