English Edition
Dhivehi Edition

ދެމީހުންގެ އުމުރު އެއްކޮށްލުމުން 211 އަހަރު ވާއިރު މިއީ ދުނިޔޭގައި މިހާރު ތިބި އެންމެ ދުވަސްވީ ޖޯޑެވެ. ގިނިސް ވޯލްޑް ރެކޯޑް އިން ޖާގަ ހޯދާފައިވާ ޖޯން ހެންޑާރސަން 106 އަހަރާއި އޭނާގެ އަންހެނުން ޗާލޮޓް އަށް މިހާރު 105 އަހަރު ވެއްޖެއެވެ.

ހެންޑާރސަން ގެ ލޯބީގެ ގުޅުމަށް މިއަދާ ހަމަޔަށް އެއްވެސް ހީނަރުކަމެއް އައިސްފައި ނުވާއިރު މިއަހަރުގެ ޑިސެމްބަރު މަހު 15 ގައި ހެންޑާރސަން އާއި ޗާލޮޓް ގެ ކައިވެންޏަށް 80 އަހަރު ފުރިގެން ދާނެ އެވެ.

ހެންޑާރސަން އާއި ޗާލޮޓް ފުރަތަަމަ ދިމާވީ ޓެކްސްއެސް ގެ ޔުނިވަސިޓީ އަކުން 1934 ގައި އެވެ. އޭރު ޗާލޮޓް ގެންދިޔައީ ޓީޗަރުކަން ކިޔަވަމުންނެވެ. އަދި ޖޯން ދިޔައީ ފުޓްބޯޅައިގައި ކުރިޔަށެވެ.

ޖޯން ހެންޑާރސަން އާއި ޗާލޮޓް ކައިވެނި ކޮށްފައި ވަނީ 1939 ގައި އެވެ. ކައިވެންޏަށް ފަހަށް އެމީހުންގެ ހަނީމޫން އަށް ހިފި ކޮޓަރިއަށް އެރީ 7 ޑޮލަރެވެ.އުމުރުން ދުވަސްވީ ކަމުގައި ވީނަމަވެސް ދެމީހުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި ކަސްރަތުކުރުމަށް ހާއްސަ އިސްކަމެއް ދެއެވެ.

ތިމާގެ ލޯބިވާ ބައިވެރިޔާ އާއި އެކު ގިނަ އަހަރުތަކެއް ވަންދެން އުފަލުގައި އުޅުމުގެ ފުރުސަތު ލިބެނީ ދުނިޔޭގައި ވަރަށް މަދު ބަޔަކަށެވެ. އެތައް އަހަރެއް ވަންދެން އެކުގައި އުޅެވޭނީ ވަރަށް ކެތްތެރި އަދި އެހާމެ ހިކުމަތްތެރި ދެމީހަކަށް ޔަގީނެވެ.