English Edition
Dhivehi Edition

2020ވަނަ އަހަރަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ދައުލަތަށް ލިބޭ ޢާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ބިޒްނަސް ކްލާސް އަދި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ފަސްޓް ކްލާހުން ދަތުރުކުރާނަމަ 90 ޑޮލަރު އަދި ބިޒްނަސް ކްލާހުން ދަތުރުކުރާއިރު 60 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައެވެ.

އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގަމުންދާނީ މިހާރުވެސް ނަގަމުންދާ އަދަދަށް ނަމަވެސް ބިދޭސީންގެ އަތުން 30 ޑޮލަރު ނެގުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
ސަރުކާރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އަގުބޮޑުކުރުމަށް ހުށަހަޅާފައިވާއިރު މިހާރު ނަގަމުންދާ އެއާޕޯޓު ސަރވިސް ޗާޖު އުވާލައި ޑިޕާޗަރ ފީއެއް ނެގުމަށް ނިންމާފައިވާކަމަށް ސަރުކާރުން މަޢުލޫމާއެއތުދެއެވެ.

މި ބަދަލާއި އެކު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް 159.6 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެއެވެ.