English Edition
Dhivehi Edition

ދޮށީއުމުރުގައި ޔޫޓިއުބް އިން އެތައް މިލިއަން ބައެއްގެ ސަމާލުކަން ހޯދާފައިވާ ޔޫޓިއުބާ ނަރަޔަނާ ރެޑީ މިމަހުގެ 27 ވަނަ ދުވަހު ނިޔާވެއްޖެ އެވެ. 73 އަހަރުގެ ނަރަޔަނާ ރެޑީ އަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަލާ އިންޑިޔާގެ ކެއްކުން ތައް ގެނެސްދޭ ޔޫޓިއުބް ޗެނަލެއް ކަމަށްވާ “ގްރޭންޕާ ކިޗެން” ގެ ތަރިވެސް މެއެވެ.

ފާސްޓް ފުޑް ގެ ބާވަތްތަކުންގޮސް ބަޓާ ޗިކެންއާއި މީރު ބިރިޔާނީތައް ކައްކާ އެތައް ސަތޭކަ ފަގީރު ކުދީންނަށް ކާންދޭ ނަރަޔަނާ ގެ މަރާއިގުޅިގެން އިންޑިޔާގެ އެތައް ބަޔަކަށް ވަނީ ސިހުން ގެނެސްފައެވެ.

ނަރަޔަނާގެ ކޮންމެ ޔޫޓިއުބް ޗެނަލެއް ވެސް ގެނެސްދޭއިރު ވީޑިއޯގައި ފެށުމުގެ ގޮތުން” ލޯބިވާ، އަޅާލާ، ހިއްސާކުރާ، މިއީ މަގޭ އާއިލާ” މިކަހަލަ ބަސްތައް ބޭނުންކޮށްފައި ވާއިރު އޭނާގެ ކެއްކުންގަނޑު ނިންމާ ކޮންމެ ފަހަރަކުވެސް އެތައް ކުދީންތަކެއް އެ ކާތަކެތި ކެއުމުގައި އުފަލުގައި އުޅޭތަން ފެނިގެން ދެއެވެ.

ޔޫޓިއުބް ޗެނަލް “ގްރޭންޕާ ކިޗެން” އަށް މިހާތަނަށް 6 މިލިއަނަށް ވުރެ ގިނަ ސަބްސްކަރައިބާސް އުޅޭއިރު މިހާތަނަށް 600 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ޗެނަލް ބަލާފައެވެ.


ނަރަޔަނާ އެންމެ ފަހުން ޔޫޓިއުބް ވީޑިއޯއެއް ލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.