English Edition
Dhivehi Edition

މިހާރު އިދިކޮޅު ފަރާތްތަކުން ތިބީ “އޮފްސައިޑް ވެފައި” ކަމަށާއި ކުރީގެ ރައީސް އަލްްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ވެސް ޑިމޮކްރަސީގެ ވާހަކަ ނުދެއްކޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

“ޗެނަލް-13” ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝީދަކީ ޑިމޮކްރަޓިކް ހަމަތަކަށް ބޯލެނބި، އަދި ޑިމޮކްރަޓިކް އުސޫލުތަކަށް ތަބާވި ދެބޭފުޅުން ނޫން ކަމަށެވެ.

“ރައީސް މައުމޫން އަށް ގަބޫލު ކުރެވޭނީ ޑިމޮކްރަސީ އަކީ ރައްޔިތުން އޮބަހައްޓައިގެން ކަންތައްތައް ކުރުން ކަމަށް. ރައީސް ނަޝީދު އަށް ގަބޫލު ކުރެވުނު ޑިމޮކްރަސީ އަކީ ކޮންމެ ފަދަ ވާހަކައެއް ވެސް ދެއްކުމުގެ މިނިވަންކަން ހޯދުން ކަމަށް” މޫސަ ވިދާޅުވިއެވެ.

 

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވަނީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ތާއިދު ކުރި ބޭފުޅުން މިއަދު އެބޭފުޅުންގެ ތާއިދު އަނބުރާ ގެންދިއުމުން ރައީސް ޔާމީން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވާއިރު ރައްޔިތުން ދިން ވޯޓެއް މިއަދު އެބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު ނެތީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

“ރިޔާސީ އިންތިޚާބުގެ ވޯޓް ގުނަމުން ދަނިކޮށް ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން މޮޅުވީއޭ. ތިމަން މަނިކުފާނު ބަލިވީއޭ. އެދުވަހު ވެސް ރައީސް ނަޝީދު ވިދާޅެއް ނުވޭ ރައީސް ޔާމީން އާއި ގާސިމް އާއި ޑރ.ޖަމީލް މޮޅުވީއެކޭ.” މޫސަ ވިދާޅުވިއެވެ.

 

ޓެގު