English Edition
Dhivehi Edition

މިއަހަރުގެ ޤައުމީ ދުވަހުގެ ހާއްސަ ރަސްމިއްޔާތަށް ކުރީގެ ރައީސް އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

ރޭ ބެއްވި މި ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފައި މިވަނީ ގިނަ ބަޔަކު މި ހަފްލާގައި ނަޝީދު ބައިވެރިނުވާނެކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. ސޯޝަލް މީޑިއާގައި ނަޝީދު ގައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު ބުނެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދު އާއި ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުޅޭކަމުގެ ވާހަކަތަކެއްވެސް ދައްކާފައެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ބޭފުޅަކަށް ލިބުނެވެ.

މިއަހަރު ޤައުމީ އިނާމް ލިބުނު ބޭފުޅުންގެ ތެރޭގައި އަވަހާރަވެފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ ދެ އިލްމުވެރިން ހިމެނެއެވެ. އެގޮތުން ޑރ. އަފްރާޝިމް އަލީއާއި ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިރޭ ވަނީ އަރުވާފައެވެ.

މި ދެ ބޭފުޅުންނަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވީ އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ޚިދުމަތް ކުރުމާއި ދީނީ އިލްމު އުގައްނައިދިނުމުގެ ދާއިރާއިންނެވެ.