English Edition
Dhivehi Edition

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ހަޖޫޖަހައި ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ހުއްޓުވުމަކީ ޤައުމީ ޝިޔާރެއް ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައި ވަނީ އެމްޑީއެން ބޭން ކުރުމަކީ ޤައުމީ ޝިޔާރެއް ކަމަށާއި، އެއީ ދިވެހިންގެ ޝިޔާރެއް ކަމަށެވެ. އަދި އެއީ ދިވެހިންގެ ހިތުގެ ވިންދު ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ހަމަލާ ދޭން ފެށުމުން އިސްލާމް ދީނުގެ ދިފާޢުގައި މުޅި ޤައުމުގައި ގުގުމާލެވިފައިވާ ޝިޔާރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ދިވެހި ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދާ ގޮވުން”، އެ ޓްވީޓްގައި ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެމްޑީޕީ އިން 2018ގެ ރިޔާސީ އިންތިޚާބަށް ނިކުތީ އެހެން ތިން ބަޔަކާއެކު އެއްބައިވަންތައް ސަރުކާރެއް އުފެއްދުމަށް ކަމަށާއި، އެ ސަރުކާރުގަ ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީ (އޭޕީ)ގެ ހުށަހެޅުން ކަމަށް އެމްޑީޕީ ޤަބޫލްކުރި ކަމަށެވެ.

އަދި އޭގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސިޔާސީ ޝިޔާރަށް ނުވަތަ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް ޢަމަލުކުރަން ޖެހޭ ކަމަކަށް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.