އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު ފޯމު ހުށަހަޅުއްވައިފި
4 ހަފްތާ ކުރިން
އައިޝަތު ފަތުޙީ

އެމްޑީޕީގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޯމް ހުށަހަޅުއްވައިފި އެވެ.

މިހާރުވެސް އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވުމުން، މިމަހުގެ 14 ވަނަ ދުވަހު އެ ޕާޓީން ލީޑާޝިޕް އިންތިޚާބު ބޭއްވުމަށް އިއުލާން ކުރުމާއި ގުޅިގެންނެވެ. އިންތިޚާބުގައި ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތައް މިއަދުގެ ނިޔަލަށް އެ ޕާޓީއަށް ހުށަހަޅަންޖެހޭއިރު، މެއިލް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ ކަމަށް އެމްޑީޕީން ބުނެއެވެ. މިދެ މަގާމަށް އަލުން ބޭފުޅުން އިންތިޚާބުކުރުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.

Advt

Advertisement

ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑާޝިޕްގެ އިންތިހާބުގައި ވާދަކުރައްވަން އަދި އިތުރު މެމްބަރަކު ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.

މި އިންތިޚާބުގައި އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަޤާމަށް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު (ޝިއްޕެ) ވަނީ ކުރިމަތި ލައްވައިފައެވެ. މީގެ އިތުރުން އެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވައި، ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވެސް ވަނީ ފޯމް ހުށަހަޅުއްވައިފަ އެވެ.