English Edition
Dhivehi Edition

މިމަހު ކުރިއަށްދިޔަ ހޮޓްލެ އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަލަން ކަލިނަރީ ޗެެލެންޖް އިން ހަތަރު ގޯލްޑް މެޑަލް ހޯދައި ތާރީހީ ރެކޯޑެއް އައްޑޫސިޓީ އަންހެންނަކު ހަދައިފިއެވެ.

މި އެގްޒިބިޝަން ކުރިއަށް ގެންދިޔައީ މިމަހު 7 އިން 9 އަށް ދަރުބާރުގޭގައެވެ.

ޝިފްނާ ސައީދު (ޝިފު) އަކީ އައްޑޫސިޓީ ހިތަދޫ އަށް އުފަން ޒުވާނެކެވެ. އަބަދުވެސް ކެއްކުމުގައި ޝައުގުވެރިކަން ހުންނަ ޝިފޫ އަކީ މިހާރު ދިވެހިރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ނަންވިދާލާ މަޝްހޫރު ޝެފެކެވެ. ޝިފޫވަނީ މީގެ ކުރިން ކަލިނަރީ އާޓްސް އެންޑް ފުޑްސާވިސް މެނޭޖްމެންޓުން ފުރަތަމަޑިގްރީ އޮނާސް އާއެކު، ޓެއިލާސް ޔުނިވާސިޓީއިން ހަދާފައެވެ. ޝިފޫގެ ޑިގްރީ އަށްފަހު އެނބުރި ރާއްޖެ އައިސް އޭނަ ވަނީ އެކި އެކި ރިސޯރޓް ތަކުގައި މަސައްކަތް ކޮށްފައެވެ.

ޝިފޫ ބައިވެރިވި މި އެގްޒިބިޝަންގައި ހިމެނޭ 3 ޝެފުންނަކީ އެއްވަނައިގައި ހިމެނޭ މަތީފަންތީގެ މީހުންނަށް ވުމާއެކުވެސް، އޭނަގެ ބުރަ މަސައްކަތާއި ހިތްވަރުގެ ނަތީޖާއަކަށްވީ މުބާރާތުގައި ބައިވެރިވި 600 ޝެފުންގެ ތެރެއިން އޭނައަށް “މޮސްޓް އައުޓްސްޓޭންޑިންގ ޝެފް” އަދި “ޓޮޕް މޯލްޑިވިއަން ޝެފް” ގެ ލަގަބު ލިބުމެވެ.

ޝިފޫ އަށް ލިބިފައިވާ ކެއްކުމުގެ ހުނަރާއެކު އޭނަވަނީ ފަހުން ރިސޯޓް ވަޒީފާ ދޫކޮށް އަމިއްލަ ފައި މައްޗަށް ތެދުވެފައެވެ. އެގޮތުން މަޝްހޫރު ކަލިނަރީ ޝެފް ފަތީން އާއި ގުޅިގެން ރާއްޖޭގައި ހުރި ހަމަ އެކަނި ޖަޕަނީޒް ރެސްޓޯރެންޓް “އޮއިޝި- ދަހައުސް އޮފް ސުޝި” ހިންގަނީ ޝިފުއެވެ.