English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދޭންހޭ ސަބަބަކީ ފާއިތުވެ ދިޔަ 2 ދައުރުގައިވެސް އެމްޑީޕީގެ މެޖޯރިޓީއޮތް ކައުންސިލެއް އައްޑޫގައި އޮވެ އެއްވެސް ކަމެއް ކުރެވިފައި ނެތުމުން ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ. އޭއޯނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ހުސެއިން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގާއިމު ކުރެވޭނީ ޕީޕީއެމްގެ ސަރުކާރަށް ކަމަށާއި ނިމިގެން ދިޔަ ތަނުގައި ފެނިގެން މިދިޔައީ އެއްވެސް ކަމެއް ނުކުރެވޭ ކައުންސިލެއް ކަމަށެވެ. “މީހަކު ބޭނުމެއް އޮވެގެން ކައުންސިލް އިދާރާއަށް ދާއިރަށް އަންގަނީ ކައުންސިލަކަށް ބާރެއް ނެތޭ. ވިހާ މަރުވާބެލެހެއްޓުން އެކަންޏޭ ކުރެވެން އޮތީ. އެކަމަކު އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން. ރައްޔިތުން ބޭނުންވާ ކަންކަން ވެވެން އޮތް ގޮތަކަށް ކައުންސިލުން ކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ” ހިތަދޫ މެދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މެޓްރިކްސް މޯޑުގެ ކޮއްކޮ ހުސައިން ވިދާޅުވީ ސިޔާސީ ދާއިރާއަށް ކިތަންމި އާވިޔަސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ސަރުކާރާ ގުޅިގެން ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތް ތަކެއް ކުރެއްވޭނެ ކަމަށެވެ. “އަޅުގަނޑުގެ ފަހަތުގައި ބެކަޕެއް އެބައޮތް. އަޅުގަނޑުގެ ފަހަތުގައި މި ރާއްޖޭގެ މިހާރު ވެރިކަން ކުރާ ސަރުކާރު އޮތީ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރޝިޕް މިއޮތީ އަޅުގަނޑާއެކު. ސަރުކާރާ ގުޅިގެން ދާއިރާގެ ތަރައްގީއަށް ކިތަންމެ ކަމެއްވެސް ކޮށްދެވިދާނެ” މެދު ދާއިރާގެ ރައްޔިތުން 2 ދައުރުގައި ވެސް ވޯޓު ދީފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް. އެމްޑީޕީގެ ކެންޑިޓޭޓުންނަށް ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް. 2 ދައުރުގައި ނުވި ކަމެއް ތިންވަނަ ދައުރެއްގައި ކުރެވި އެބުނާ ލާމަރުކަޒީ ބާރުވެރިކަން ގެނެވިދާނެކަމަކަށް ގަބޫލެއް ނުކުރެވޭ. ލާމަރުކަޒީ ބާރުވެރިކަން ވިޔަސް އަދި ދޭންޖެހޭ ޚިދުމަތެއް ވިޔަސް ދެވޭނީ ޕީޕީއެމްގެ ކެންޑިޑޭޓަށް ކަމަށް ގަބޫލުކުރަނީ” ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވަވާއިރު ޙުސައިންގެ ތަސައްވަރަކީ ރައީސުލް ޖުމުހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް އައްޑޫސިޓީ ކައުންސިލުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ފުރިހަމަ ގޮތުގައި ދެއްވުމާއި އޭރަކު އޮތް ސަރުކާރަކާ ގުޅިގެން މަސައްކަތް ކުރުމެވެ.