ޝަމްސުއްދީން ސްކޫލުގެ ސްޓާރސް ދަރިވަރުންގެ ‘ކަލަރ ޕާރޓީ’ ބާއްވައިފި
5 މަސް ކުރިން
ސްކޫލް މީޑިއާ

ލިޔުނީ: ފާތިމަތު މިންހާލް/ ޝަމްސުއްދީން ސްކޫލް

03 އޮކުޓޯބަރ 2019 ވީ ބުރާސްފަތި ދުވަހު ޝަމްސުއްދީން ސްކޫލުގެ ސްޓާރސް ދަރިވަރުންގެ ކަލަރ ޕާރޓީ އެ ސްކޫލުގައި ބާއްވައިފިއެވެ. ކަލަރ ޕާރޓީ އަކީ އެކުދިންގެ ސްޓާރސް ސިލަބަހުން ދަރިވަރުން ނިންމަން ޖެހޭ ބައެކެވެ.

Advt

Advertisement

Advt

ސްޓާރސް ކަލަރ ޕާރޓީގައި ބޭނުން ކުރުމަށް ދަރިވަރުން މިފަހަރު ކަނޑައެޅި ކުލައަކީ ރަތް ކުލައެވެ. އެހެންކަމުން ޕާރޓިގައި ބޭނުންކުރެވުނު ހުރިހާ ތަކެއްޗެއްވެސް ޒީނަތްތެރި ކުރެވިފައިވަނީ ރަތް ކުލަ ހިމަނައިގެންނެވެ.

މި ޕާރޓީގައި ދަރިވަރުންނަށް އަމާޒުކޮށްގެން ކުޅިވަރުތައް ބޭއްވުމުގެ އިތުރަށް ސްޓާރސްގެ ލީޑަރުން ދަރިވަރުންނަށް ހަދިޔާ ދީފައިވެއެވެ.

މިދިޔަ އަހަރުވެސް ޝަމްސުއްދީން ސްކޫލުގައި ސްޓާރސް ކަލަރ ޕާރޓީ ބާއްވާފައިވެއެވެ. މިދިޔަ އަހަރު ބޭނުންކޮށްފައިވާ ކުލައަކީ ފިޔާތޮށިކުލައެވެ.