English Edition
Dhivehi Edition

ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ދިގުރަށުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު، ގާ އަޅާ މެޝިނެއްގެ ބެލްޓު ދަށުވެ މަރުވެއްޖެ އެވެ.

އިއްޔެ އިރުއޮއްސި 6:20 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ސަން ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރަމުންދިޔަ 25 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނަށް މި މީހާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބިފައިވަނީ މި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ކަމަށާއި މިމައުލޫމާތު ލިބުމާ އެކު މިހާތަނަށް ބެލިބެލުމުން މި މީހާއަށް އަނިޔާވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓް ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި ކަން އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގު