English Edition
Dhivehi Edition

އެމްއެންޑީއެފްގެ 125 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ ދުވުމެއް ބާއްވަން ނިންމައިފިއެވެ. އެމްއެންޑީއެފް ސަދަން އޭރިއާގައި ބާއްވާ މި ދުވުމަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ދުވުމެކެވެ. އުމުރުން 14 އަހަރުން މަތީގެ އެންމެންނަށް މިދުވުމުގައި ބައިވެރިވެވޭނެ އެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ މިދުވުން އޮންނާނީ މެއިމަހުގެ 8 ވަނަ ދުވަހު ކަމަށެވެ. ދުވުން ފަށާނީ މަރަދޫ ފުޓުބޯޅަ ދަނޑުންނެވެ. އަށް ވަނަ ދުވަހު ހަވީރު 4:00 ގައި ފަށާ ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ ފޭދޫ ފުޓޫބޯޅަ ދަނޑަށެވެ. މި ދުވުމުގައި ބައިވެރިވާ މީހުންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޯދާ މީހުންނަށް އިނާމު ލިބޭނެއެވެ. އެހެންނަމަވެސް އިނާމަށް ލިބެނީ ކޯއްޗެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.