English Edition
Dhivehi Edition

މިއަދު އާޓިފިޝަލް ބީޗަށް ފަތަންގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބުމުން ސަލާމަތްކޮށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މޫދަށް ގޮސް އުޅުމުގައި ގެނބުނީ އުމުރުން 67 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހާ ގެނބުނީ އޭނާ މޫދުން އެއްގަމަށް އަރަނިކޮށް މޫނުމައްޗަށް އަނދިރިވެ ވެއްޓުމާއި ގުޅިގެން ކަމަށެވެ. ފުލުހުން ބުނީ އެ މީހާޔަށް ފަރުވާދިނުމަށް ސިފައިންގެ އަސްކަރީ ހޮސްޕިޓަލް ސެނެހިޔާއަށް ގެންދެވިފައިވާ ކަމަށާއި އޭނާގެ

ހާލު ރަނގަޅު ކަމަށެވެ.

ގެނބުނު އުމުރުން ދުވަސްވީ މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެވަގުތު އެސަރަހައްދުގައި ތިބި ދެ ފުލުހަކު ވަނީ އެހީތެރިވެދީފަ އެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޕިކަޕަކަށް ލައިގެންނެވެ.

ޓެގު