English Edition
Dhivehi Edition

ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ރެކްރޫޓްކޮށް އަދި ހުއްދަ ނެތި މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝް މީހަކު ރާއްޖޭން ޑީޕޯޓްކޮށްލައިފި އެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މި އޮޕަރޭޝަންގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު ޝަފީގުލް އިސްލާމް، 49، އެވެ. “މާސްޓާ”ގެ ނަމުން މާލެ ތެރެއަށް މަޝްހޫރުވެފައިވާ އެ މީހާ މިއަދުގެ ވަގުތެއްގައި ވަނީ ރާއްޖޭން ޑީޕޯޓް ކޮށްލާފައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ޑީޕޯޓް ކޮށްލި މީހާ އަކީ ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ހިލާފުވާން އެހީތެރިވި މީހެކެވެ.

ބީދޭސީން ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދަކަށް އުޅޭ މައްސަލަވަނީ ރާއްޖޭގައި ވަރަށް ޢާއްމުވެފައެވެ. މިކަން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާސިލު ކުރެވުނު ތަނެއް އަދި ފެނިފައެއްނުވެއެވެ.